ބުރާސްފަތި, 11 އޯގަސްޓް 2011 09:34

|
(1) |
''ސިޔަރަތު'' މި ބަހުގެ ބައެއް މާނަ ލިޔޭ!
أ މަގު ب ސުންނަތް ت މީހެއްގެ ދިރިއުޅުން ث މަޛުހަބު |
||||||||||||
|
(2) |
ކީރިތި ރަސޫލާގެ ސިޔަރަތުގެ ތަޢާރަފެއް ލިޔޭ؟
ކީރިތި ރަސޫލާ ދުނިޔެ އަށް އުފަންވެ ވަޑައިގެންނެވީއްސުރެ ސުވަރުގެ ވަޑައިގަތުމާ ހަމަ އަށް އެކަލޭގެފާނުގެ ޙަޔާތްޕުޅު ގައި ހިނގާފައިވާ ޙާދިޘާތަކާއި އެންމެހައި ކަންތައްތަކެވެ. |
||||||||||||
|
(3) |
ކީރިތި ރަސޫލާގެ ސިޔަރަތު އަހަރެމެންނަށް މުހިންމުވާ ގޮތަކީ ކޮބާ؟
ދީނުގެ ޙުކުމްތައް ދެނެގަތުމަށާއި ދިރިއުޅުމުގައި ކުރިމަތިވާ އެކިއެކި ކަންތައްތަކުގައި އަދި އެކިއެކި ޙާލަތްތަކުގައި ޢަމަލުކުރުމަށް ބޭނުންވާނެ ގޮތްތައް އެކަލޭގެފާނުގެ ސިޔަރަތުން ނަމޫނާއެއްގެ ގޮތުގައި ލިބިގަތުމަށް އަންގަވާފައިވާތީ އެވެ. |
||||||||||||
|
(4) |
އިސްލާމީ ތާރީޚަކީ ކޮބާ؟
މުސްލިމުން ތެރޭގައި އެކި ޒަމާންތަކުގައި ކަންތައް ހިނގާފައިވާ ގޮތްތަކެވެ. ކީރިތި ރަސޫލާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީއްސުރެ ސުވަރުގެ ވަޑައިގެންނެވުމަށް ދާންދެން ހިނގާ ދިޔަކަންތައްތައް ފާހަގަކުރެވެނީ ރަސޫލާގެ ސިޔަރަތުގެ ގޮތުގަ އެވެ. |
||||||||||||
|
(5) |
ތާރީޚު ޢިލްމުގެ ބޭނުމަކީ ކޮބާ؟
ތާރީޚު ޢިލްމު އުނގެނުމުގެ ބޭނުމަކީ އޭގެ ސަބަބުން ނަބިއްޔުންނާއި، ރަސޫލުންނާއި ފާތިޙުންނާއި، މަޝްހޫރު ލީޑަރުންގެ ޙާލަތާއި ތަފާތު ޒަމާންތަކުގައި ހިނގާފައިވާ ބޮޑެތި ޙާދިޘާތަކާއި، އެކި ދުވަސްވަރު ގައި އެކި ޤައުމުޤައުމު ގައި އޮތް އާދަކާދަތައް ފަދަ ކަންތައްތައް ދެނެގަތުމުގެ ޢިލްމެވެ. |
||||||||||||
|
(6) |
ތާރީޚު ޢިލްމު އުނގެނުމުގެ ފައިދާ އަކީ ކޮބާ؟
ތާރީޚު ޢިލްމު އުނގެނުމުގެ ފައިދާ އަކީ: ޤައުމުތަކާއި އުންމަތްތަކުގެ މާތް މީހުންނާއި ހިތްވަރު ގަދަ މީހުންގެ (މުޖާހިދުންނާއި އަބުޠާލުންގެ) ޙާލަތު ދެނެގަނެ އޭގެ ސަބަބުން ހިތާއި ސިކުނޑީގައި އާ ރޫޙަކާއި މަތިވެރި ޖޯޝް އުފައްދާ އޭގެ ސަބަބުން ޤައުމުތަކުގެ ޙާލަތު ދެނެގަނެ ޤައުމުތަކަށް ދަތުރުކޮށް ތަފާތު ތަންތަނުގެ ޙާލަތު ބެލުމުގެ ޖޯޝާއި ފޯރީ އަދި އެ ކަމުގެ ޝައުޤުވެރިކަން އުފެދުމެވެ. ހިތްވަރާއި ޢަޒުމް އާލާކޮށް ވަރުގަދަ ކޮށްދިނުމެވެ. ހެޔޮ ކަންތަކަށް ޝައުޤުވެރިވެ ނުބައި ކަންތަކުން ދުރުކޮށް ކެތްތެރިވުމަށާއި ސިކުނޑި ތާޒާކުރުމުގެ ފުރުޞަތު ލިބިދިނުމެވެ. ކޮންމެ ވަގުތަކު ވެސް ހެޔޮ ލަފާ ރަނގަޅު މީހުންގެ އަރިހުގައި ވާކަމުގައި ތިމާ އަށް އިޙުސާސް އުފެއްދުމެވެ. |
||||||||||||
|
(7) |
އިސްލާމީ ތާރީޚާއި، ސިޔަރަތާ ދެމެދުގެ ތަފާތަކީ ކޮބާ؟
ސިޔަރަތޭ ބުނެވެނީ ކީރިތި ރަސޫލާގެ ކަންތައް ބަޔާންކުރެވިފައިވާ ޙާދިޘާތަކާއި ތާރީޚުތަކަށެވެ. އިސްލާމީ ތާރީޚަކީ ރަސޫލާގެ ސިޔަރަތު ފިޔަވާ ދެން އިސްލާމީ އެންމެހައި ޙާދިޘާތަކާއި ތާރީޚުތަކަށެވެ.އެކަމަކު އިސްލާމީ ތާރީޚުގެ ވެސް އެންމެ މުހިންމު އެއް ބަޔަކީ ކީރިތި ރަސޫލާގެ ތާރީޚެވެ. ސިޔަރަތެވެ. |
||||||||||||
|
(8) |
އިސްލާމީ ތާރީޚާއި، ރަސޫލާގެ ސިޔަރަތާ ދެމެދު ގައި ވާ ގުޅުމަކީ ކޮބާ؟
އިސްލާމީ ތާރީޚުގެ އެންމެ މުހިންމު އެއް ބަޔަކީ ކީރިތި ރަސޫލާގެ ތާރީޚެވެ. ސިޔަރަތެވެ. އިސްލާމީ ތާރީޚުގެ ފެށުމަކީ ކީރިތި ރަސޫލާގެ ސިޔަރަތުކަމުގައި ބުނެވިދާނެ އެވެ. |
||||||||||||
|
(9) |
ކީރިތި ރަސޫލާގެ ސިޔަރަތު އަހަރެމެން ''މުސްލިމުންނަށް'' މުހިންމުވާ ބައެއް ސަބަބުލިޔޭ!
أ ކީރިތި ރަސޫލާ އާ ތަބަޢަވެ ﷲ ގެ ރުއްސެވުން ހޯދުމަށް ب އިސްލާމް ދީނުގެ ޙަޤީޤަތް ދެނެގަތުމަށް ޓަކައި ت އިސްލާމް ދީނުގެ އުޞޫލުތަކާއި، ޙުކުމްތައް ފުރިހަމަ ގޮތުގައި ދެނެގަތުމަށް ޓަކައި ث އިސްލާމް ދީން މަތިވެރިކުރުމަށް ޓަކައި ج ޤުރުއާނުގެ އާޔަތްތަކުގެ މާނަ ދެނެގަތުމަށް ޓަކައި ح ދުނިޔެ އާއި އާޚިރަތް ބާއްޖަވެރި ކުރުމަށް ޓަކައި |
||||||||||||
|
(10) |
ކީރިތި ރަސޫލާ صَلَى اللَّهُ عَلَيهِ وَسَلَّمَ ގެ ސިޔަރަތު އުނގެނި ދިރާސާކުރުމުގެ މުހިންމު ބައެއް ބޭނުން ލިޔޭ!
أ ކީރިތި ރަސޫލާ صَلَى اللَّهُ عَلَيهِ وَسَلَّمَ ގައި ރިވެތި ނަމޫނާއެއްވާކަމަށާއި ނަމޫނާލިބިގަތުމަށް އަންގަވާފައިވުން ب ﷲ ގެ ރުހިވޮޑިގަތުން ލިބެނީ ރަސޫލާ އާ ތަބަޢަވެގެން ކަމުގައިވުން ت އިސްލާމް ދީން ދެނެގަތުމަށް ث އިސްލާމް ދީނުގެ ޙުކުމްތައް ރަނގަޅަށް ދަސްކުރުމަށް ج އަޅުކަންކުރަންވީ ގޮތް ދެނެގަތުމަށް ح ދީން މަތިވެރިކުރުމަށް މަސައްކަތްކުރުމަށް خ ޤުރުއާނުގެ އާޔަތްތަކުގެ މާނަ ދެނެގަތުމަށް د ދުނިޔެ އާއި އާޚިރަތް ބާއްޖަވެރިކުރުމަށް |
||||||||||||
|
(11) |
އަހަރެމެން ރަސޫލާ صَلَى اللَّهُ عَلَيهِ وَسَلَّمَ ގެ ސިޔަރަތުން ޢިބުރަތް ލިބިގަންނަންވީ ކޮން ބޭނުމެއް ގައި ހެއްޔެވެ؟
ކީރިތި ރަސޫލާ صَلَى اللَّهُ عَلَيهِ وَسَلَّمَ ގެ ސީރަތުގެ ޙާދިޘާތަކުގެ އެހީގައި އެކަލޭގެފާނު ބިނާކުރެއްވި މިޘާލީ މުޖުތަމަޢުން ނަމޫނާ ލިބިގަނެ އިސްލާމީ ޙަޟާރަތު ދުނިޔޭގެ ކަންކޮޅުތަކަށް ފެތުރިގެން ދިޔަ ގޮތުގެ ފިލާވަޅުތައް ލިބިގަނެ އަހަރެމެންގެ ދިރިއުޅުމުގައި އެ ކަންކަމުން ފިލާވަޅު ލިބިގަނެ ދިރިއުޅުން ބާއްޖަވެރިކުރުމަށް މަސައްކަތްކުރުމެވެ. |
||||||||||||
|
(12) |
ރަސޫލާ صَلَى اللَّهُ عَلَيهِ وَسَلَّمَ ގެ ސިޔަރަތުން އިބުރަތް ލިބިގަންނަންވީ ގޮތްތަކުގެ ތެރެއިން 10 ކަމެއް ލިސްޓު ކުރޭ!
أ ﷲ އަށް އީމާންވާ މީހެއްގެ އެންމެ މުހިންމު ޒިންމާއެއް ކަމުގައިވާ ދީންވެރިކަން ރައްކާތެރިކުރުން ب މުޞީބާތްތަކާއި އިމްތިޙާނުތަކުގައި ޘާބިތުވުން ت ﷲ ގެ މިންވަރުފުޅަށް އީމާންވެ ސަބަބުތަކުގައި ހިފުން ث އިސްލާމް ދީނުގެ ޙުކުމްތަކާއި ޝިޢާރުތަކަކީ ބައިބައި ނުކުރެވޭނެ އެއްޗެއްކަން ދަތުން ج މުޖުތަޢުގެ މީސްތަކުންނާ އެކަހެރި ނުވުން ح އިސްލާމް ދީނާއި މުސްލިމުން ޙިމާޔަތް ކުރުމުގައި ޖިހާދުގެ މަތިވެރި ޝިޢާރު ދެމެހެއްޓުން خ ކަންކަމުގައި ކާމިޔާބުވުމާއި ނާކާމިޔާބުވުމުގެ ސަބަބުތައް ދެނެގަތުން د ދުނިޔެއަށް ވުރެ އާޚިރަތަށް އިސްކަންދިނުން ذ ރަނގަޅު މީހުންނަށް ކުރިމަތިވާ އިމްތިޙާނުތައް ބޮޑެތިވާނެކަމާއި އޭގެ ސަބަބުން އެބައިމީހުންގެ ދަރަޖަ މަތިވެރިކުރައްވާނެކަން ر އެހެންމީހުންގެ ޖާއިޒު ބޭނުންތައް ފުއްދައިދިނުމަށް ބާރު އެޅުން |
||||||||||||
|
(13) |
ރަސޫލާ صَلَى اللَّهُ عَلَيهِ وَسَلَّمَ ގެ ސިޔަރަތުން ޢިބުރަތް ލިބިގަންނަންވީ ގޮތްތަކުން 3 ގޮތެއް ލިޔެ، އެއިން ކޮންމެ ކަމަކުން ޢިބުރަތް ލިބިގަތުން ފާހަގަކުރެވުނު ޙާދިޘާ ނުވަތަ އެކަން ދިމާވެފައިވާ ގޮތް ލިޔޭ!
أ މުޖުތަޢުގެ މީސްތަކުންނާ އެކަހެރި ނުވުން ރަސޫލާ އަށް އެހާ ގިނަ ދުއްތުރާތައް ކުރިމަތިވަމުން ދިޔައިރު ވެސް އަދި ދަޢުވަތަށް ގިނަގުނަ ހުރަސްތައް ކުރިމަތިވީއިރު ވެސް މުޖުތަމަޢާ އެކަހެރި ނުވެ އެ މީހުންނާ ބައިވެރިވެގެން ދީނާއިގެން ކުރިޔަށް ދިއުމަށް މަސައްކަތްކުރައްވާފައިވުން ب މުޞީބާތްތަކާއި އިމްތިޙާނުތަކުގައި ޘާބިތުވުން އެކި ގޮތްގޮތުން ރަސޫލާ އަށް ކުރިމަތިވާ ކޮންމެ ނުރައްކަލަކަށް ވެސް ކެތްތެރިވެވަޑައިގަން ޘާބިތުވެހުންނެވުން ت ﷲ އަށް އީމާންވާ މީހެއްގެ އެންމެ މުހިންމު ޒިންމާއެއް ކަމުގައިވާ ދީންވެރިކަން ރައްކާތެރިކުރުން ހުރަސްތަކާއި އަނިޔާތައް ލިބެމުން ދިޔައިރު ވެސް ދީނުގެ ކަންތައްތައް ދޫނުކުރައްވާ ހިފެހެއްޓެވުން ث ﷲ ގެ މިންވަރުފުޅަށް އީމާންވެ ސަބަބުތަކުގައި ހިފުން ހަނގުރާމަތަކުގަ އާއި، ހިޖުރައިގެ ދަތުރުފުޅުގައި ވެސް އެ ކަމަކާ އެކަށީގެންވާ މީހުންނާ ވަޞީލަތްތައް ބޭނުންކުރުން |
||||||||||||
|
(14) |
ބަހުގެ ގޮތުން ޙަޟާރަތަކީ ކޮބާ؟
ޙަޟާރަތު: ޢިމްރާނީ ގޮތުންނާއި ރަށްވެހިކަމުގެ ގޮތުން ކުރިއަރާފައިވާ ތަންތަނުގައި ދިރިއުޅޭމީހުން ނުވަތަ: ދަނޑުބިންތަކާއި ދިރިއުޅޭނެ ތަނާއި ގޯތި ގެދޮރު ފަދަތަކެތި ފުރިހަމަ އަށް ލިބިފައިވާ ތަނެއް ގައި އުޅޭމީހުން |
||||||||||||
|
(15) |
ޙަޟާރަތަކީ ކޮބާ؟
އިބުނިޚަލްދޫން ވިދާޅުވާގޮތުގައި: ޙަޟާރަތަކީ އާދައިގެ ޙާލަތަށް ވުރެ އިތުރަށް ރަށްވެހިވެފައި ވުމެވެ. އަދި ދިރިއުޅުމުގެ ޙާލަތު އާދައިގެ މިންވަރަށް ވުރެ އިތުރުވެ އެކަމުގެ ދަރަޖަ ތަފާތު ވުމެވެ. އަދި އުފެއްދުންތެރިކަމުގެ ދާއިރާ އާއި ފަންނުތަކުގައި ހޭލުންތެރިވެ ކުރިއަރާފައިވުމެވެ.
އެޑްވަރޑް ބީ. ޓެއިލަރ ވިދާޅުވާގޮތުގައި: ޙަޟާރަތަކީ އެނގުމާއި ދެނެގަތުމާއި ފަންނުވެރި ކަމާއި އަޚުލާޤާއި ޤާނޫނާއި އާދަކާދަ އޭގެ މައްޗަށް ހިމެނޭ ގޮތެވެ. ޙަޟާރަތަކީ ހަށިގަނޑަކާއި ފުރާނައެއް ލިބިގެންވާ އެއްޗެކެވެ. ޙަޟާރަތުގެ ހަށިގަނޑަކީ މާއްދީ ކުރިއެރުމެވެ. މިކުރިއެރުން ހާމަކޮށްދެނީ ދަނޑުވެރިކަމާއި އުފެއްދުންތެރިކަމާއި ޢިމްރާނީ ކުރިއެރުމެވެ. އަދި އޭގެ ފުރާނަ އަކީ ޢަޤީދާ އާއި ފިކުރުތަކެވެ. އަދަބިއްޔާތާއި އަޚުލާޤާއި ރިވެތި އާދަތަކެވެ. (2007) އިސްލާމީ ތަރުބިއްޔަތު ގްރޭޑް: 8 ން)
ޙަޟާރަތަކީ މަސައްކަތްތެރިކަމާއި މާއްދީ އުފެއްދުންތަކާއި އީޖާދުތަކާއި ވަޞީލަތްތަކާއި ތަޖުރިބާތަކާ ގުޅިފައިވާ އެއްޗެކެވެ.((1997) އިސްލާމިކްސްޓަޑީޒް ގްރޭޑް: 10 ޞ 78)
أ ޙަޟާރަތަކީ: ب ޙަޟާރަތަކީ ފަންނީ، ޢިލްމީ، އަދަބީ އިޖުތިމާޢީ އަދި މަސައްކަތުގެ ރޮނގުން އެއް ޖީލުން އަނެއް ޖީލަށް އެއް މުޖުތަމަޢުން އަނެއް މުޖުތަމަޢަށް ނަޤުލުކުރާ ފެންނަން ހުންނަ ކަންތައްތަކެވެ. ت ޙަޟާރަތަކީ ތަރައްޤީވެފައިވާ މުޖުތަމަޢުތަކާއި، ތަރައްޤީ ނުވާ މުޖުތަމަޢުތަކުގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި ގޮތްތަކާއި އުޞްލޫބެވެ. ث ޙަޟާރަތަކީ މުޖުތަމަޢުގެ ކޮންމެ ފަރުދަކު އޭނާގެ ކުރިއެރުމަށް ލިބިދޭން ޖެހޭ ގެރެންޓީ ލިބޭ ފަދަ މާއްދީ ސަބަބުތަކާއި މާނަވީ ކަންތައްތަކެވެ. (2004 މާލޭ ވޯކްޝޮޕް އަތްމަތީ ކަރުދާސް- ޘަޤާފަތު)
|
||||||||||||
|
(16) |
އިސްލާމީ ޙަޟާރަތުގެ އަޞްލުތަކަކީ ކޮބާ؟ أ އިސްލާމް ދީން ب ޢަރަބީންގެ އުޞޫލުތައް ت އެހެނިހެން ޙަޟާރަތްތަކުގެ އަސަރު |
||||||||||||
|
(17) |
އިސްލާމީ ޙަޟާރަތުގެ މުހިންމު މަލަތަކަކީ ކޮބާ؟ أ ފިކުރީ ޙަޔާތް ب ފަންނީ ޙަޔާތް |
||||||||||||
|
(18) |
މުސްލިމުން ޢިލްމީ ގޮތުން ކުރި އަރައިގެން ދިޔަ ދުވަސްވަރު އެބައިމީހުން އަލަށް އުފެއްދި ދެ އެއްޗެއްގެ ނަން ހާމަކުރޭ! أ ސަމުގާ ب އުސްތުރުލާބު ت ހިސާބުގެ ޢަދަދު ޖެހުމުގައި ބޭނުންކުރާ ސުމެއް |
||||||||||||
|
(19) |
އިސްލާމީ ޢިލްމުވެރިންގެ ތެރެއިން ޖޯގުރަފީ ޢިލްމު ގައި އެންމެ ފާހަގަކޮށްލެވޭ ބޭފުޅަކީ ކޮބާ؟
އަލް އިދުރީސީ |
||||||||||||
|
(20) |
ލޮލަށް އެއްޗެތި ފެންނަ ގޮތް އެންމެ ފުރަތަމަ ހޯއްދެވީ ކޮން ބޭފުޅެއް؟
އަލް ޙަސަނު ބުނުލް ހައިޘަމް |
||||||||||||
|
(21) |
އިސްލާމީ ޙަޟާރަތް ފެތުރިގެން ދިޔުމަށް އެހީވި މުހިންމު ބައެއް ސަބަބުތަކަކީ ކޮބާ؟
أ އިސްލާމީ ޢަޤީދާ ب އުމަވީ ދައުލަތާއި ޢައްބާސީ ދައުލަތުގެ ވެރިން ޢިލްމަށް ދެއްވި ޚާއްޞަކަން ت އިސްލާމީ ފުތޫޙާތު |
||||||||||||
|
(22) |
އިސްލާމީ ޙަޟާރަތުގެ އަޞްލެއްކަމުގައި ޢަރަބީންގެއުޞޫލުތައް ހިމެނުނީ ކީއްވެގެން ހެއްޔެވެ؟ އިސްލާމްދީން އައީ ޢަރަބީންގެ މެދަށް ކަމަށްވެފައި އެ ދީން ފެތުރުމުގައި އެންމެ ބޮޑު ބުރައެއް އުފުލީ ޢަރަބީން ކަމަށް ވާތީ އެވެ. |
||||||||||||
|
(23) |
އިސްލާމީ ޙަޟާރަތަކީ ޢާލަމްތަކަށް އައި ޙަޟާރަތެއްކަން ޘާބިތުވަނީ ކޮން ކަންކަމަކުން ހެއްޔެވެ؟
އިސްލާމީ ޙަޟާރަތަކީ ޢާލަމްތަކަށް އައި ޙަޟާރަތެއްކަން އަންނަނިވި ކަންތައްތަކުން ޘާބިތުވެ އެވެ. أ އިސްލާމީ ޙަޟާރަތުގައި ނަސްލީ ތަފާތުތައް ނައްތާލުން ب އިސްލާމީ ޙަޟާރަތުގައިވާ އިންސާނީ ކަރާމާތްތެރިކަން ت މުޅި ޢާލަމްތަކަށް ރަޙުމަތެއްކަމުގައިވާ ފަހު ޒަމާނުގެ ނަބިއްޔާ ފޮނުއްވުން ث އިސްލާމީ ޙަޟާރަތުގެ އަލިކަން ފޯރި އެންމެންނަކީ އެއް ދީނެއްގެ އެއް ޢަޤީދާއެއް އެއް އުންމަތެއްގެ ބަޔަކަށްވުން ج އިސްލާމީ ޙަޟާރަތުގައި އެންމެހައި އިންސާނުންގެ މެދުގައި ޢަދުލު އިންޞާފު އޮތުމަށް ގޮވައިލުން |
||||||||||||
|
(24) |
އިސްލާމީ ޙަޟާރަތުގެ އަސަރު ޔޫރަޕުގެ ޙަޟާރަތަށް ކޮށްފައިވާކަމުގެ ތިން ހެކި ނުވަތަ ތިން މިސާލު ލިޔޭ! أ އެ މީހުންގެ ބަސްބަހުގައި ޢަރަބި ލަފުޡު ނުވަތަ ޢަރަބި ބަހުގެ އަސަރު ހުރުން. ސުމެއް (0) (މާނަ: ހުސް) ނުވަތަ cipher ނުވަތަ chiffer ނުވަތަ zyphyr ބަސް ބޭނުން ކުރުން ب އެ މީހުންގެ ވާހަކަތައް ޢަރަބި ވާހަކަތަކުން ކޮޕީކޮށްފައިވުން ت އިސްލާމީ ޢިލްމީ ފޮތްތައް ޔޫރަޕުގެ ޔުނިވަރސިޓީތަކުގައި ކިޔަވައިދެވުނެވެ. މިސާލަކަށް އިބުނު ރުޝްދުގެ ފިލޯސަފީ، އިބުނުސީނާގެ ބޭސްވެރިކަން ث ޢަރަބިފޮތްތައް ޔޫރަޕުގެ ބަސްބަހަށް ތަރުޖަމާކުރެވުން ج ހިސާބު ޢިލްމު ގައި ބޭނުންކުރެވޭ އަލްޖިބުރާ، ޖިއޯމެޓްރީ، ޓްރިގްނޮމެޓްރީ ح ސަމުގާ އަދި އުސްތަރުލާބުގެ އެހީގައި ދުނިޔޭގެ އައު ބައްރުތައް ހޯދުން خ ޔޫރަޕު ގައި ބޭނުން ކުރަމުން ދިޔަ ހިސާބު އަކުރު ރޯމަން ފިގާރސް i iii ii (ގެ ބަދަލުގައި ޢަރަބި ވިޔަ އަކުރު (1، 2، 3، 4) ބޭނުންކުރުން |
||||||||||||
|
(25) |
ޒަމާނީ އިސްތިޢުމާރަކީ ހިޖުރަކުރުމާއި ވަޒަންވެރިވުން މަތީ ބިނާވެފައިވާ އެއްޗެއް ނޫނޭ ބުނެވޭ ބަހުގެ މާނަ އަކީ ކޮބާ؟ އިސްތިޢުމާރަކީ ތަންތަނުގެ މައްޗަށް އަތްގަދަކުރުމާއި، ވެރިވެގަތުމާއި މުއްސަނދިކަން އަތުލައިގަތުމާއި ހަންފެތުރުންކަމުގައިވާތީ އެވެ. |
||||||||||||
|
(26) |
މައްކާ ފަތަޙަ ކުރެއްވުމަށް ޓަކައި އެއް ދިމާއަކުން މުޅި ލަޝްކަރައިގެން މައްކާ އަށް ވެދެވަޑައިގަތުމުގެ ބަދަލު ގައި މައްކާގެ ހަތަރު ފަރާތުން އިސްލާމީ ލަޝްކަރު ހަތަރު ބަޔަށް ވަންނަ ގޮތަށް ހަމަޖެއްސެވި ސަބަބުތަކުގެ ތެރެއިން ދެ ސަބަބެއް ލިޔޭ!
أ މައްކާ ގައި ލޭ އޮހޮރުވުން މަދުކުރުން ب ހަނގުރާމަކުރުމުގައި މައްކާގެ މުޝްރިކުންނަށް އުނދަގޫވާނެ ގޮތް ހެއްދެވުން ت ހަނގުރާމަ ކުރުމަކާނުލައި މައްކާ ފަތަޙާކުރެއްވުން |
||||||||||||
|
(27) |
ތިރީގައިވާ ކަންތައްތަކުން ޢުމަރުގެފާނުގެ ޚިލާފަތުގައި ކުރެއްވި ކަންތައްތައް ވަކިކޮށް ފާހަގަ ޖަހާ!
|
||||||||||||
|
(28) |
- ޞަލީބީ ހަނގުރާމަތަކާ ގުޅިގެން ޙިއްޠީނު ހަނގުރާމައިގައި މުސްލިމުންނަށް ލިބުނު ބޮޑު ކާމިޔާބީ އެބައިމީހުންނަށް ޙާޞިލުވި ގޮތާ މެދު ފުންކޮށް ވިސްނުމަށް ފަހު މި ޒަމާނުގައި އެފަދަ ކާމިޔާބީއެއް ޙާޞިލުކުރުމަށް ޓަކައި އަދުގެ މުސްލިމުން އަޅަން ޖެހޭ އެންމެ މުހިންމު ދެ ފިޔަވަޅަކީ ކޮބާ؟
أ ރަނގަޅުވެރިއެއް ހޮވުން ب މުސްލިމުން އެއްބައިވަންތަކުރުވުން ت ހަނގުރާމަ އަށް ތައްޔާރުވުން
|
||||||||||||
|
(29) |
ޙުނައިނު ހަނގުރާމައިގައި ކާފަރުންގެ ލަޝްކަރު ގައި ކުޑަކުދިންނާއި އަންހެނުންނާއި ގިނަ ޢަދަދެއްގެ މުދާ ހިމަނައިގެން މުސްލިމުންނާ އިދިކޮޅަށް ހަނގުރާމަ އަށް ނުކުތް ސަބަބަކީ ކޮބާ؟
أ މުސްލިމުންނާ އިދިކޮޅަށް ނުކުމެ ހަނގުރާމަކުރުމުގައި (އެ ތަކެތި ދިފާޢު ކުރުމުގެ ޖަޒުބާ ގައި) ދެރަވެ ފިލަން ނުދުވެ ހަނގުރާމައިގައި ދެމިތިބުމަށް ހިތްވަރުދީ ބާރުއެޅުން ب އެ މީހުން ބަލިނުވާނެކަން ހާމަކުރުން ت އެ މީހުންގެ ބައި ގިނަކަމާ ވަރުގަދަކަން ދެއްކުން |
||||||||||||
|
(30) |
މައްކާގެ މުޝްރިކުން ޝިޢުބު އަބީ ޠާލިބު ގައި މުސްލިމުން ބަންދުކުރި ދެ ސަބަބެއް ބަޔާންކުރޭ؟
أ މުސްލިމުން އީމާންވެގެން ތިބި ދީނުން ބޭރުކުރުމުގެ ގޮތުން މައްކާގެ މުޝްރިކުން ރޭވި ހުރިހާ ރޭވުންތަކެއް ބޭކާރުވުން ب އަބީ ޠާލިބުގެފާނު މުޝްރިކުން އެދުނު ގޮތަށް އެކަލޭގެފާނު އަވަހާރަކޮށްލަން ދޫކޮށްނުލުން |
||||||||||||
|
(31) |
އިބުނު ޢައްބާސްގެ ޢިލްމުވެރިކަމާ މެދު رَسُول اللَّهُ صَلَى اللَّهُ عَلَيهِ وَسلَّمَ ޙަދީޘްކުރައްވާފައި ވެ އެވެ. "ކަލޭގެފާނީ އެންމެ ފުރިހަމަ އަށް މި އުންމަތުގައި ޤުރުއާނުގެ ތަރުޖަމާ ތަފުސީރު ކުރައްވާ ބޭކަލަކީމު އެވެ." ދީނުގެ ޢިލްމުގެ ރޮނގު ގައި މި ފަދަ ޢިލްމުވެރިއަކަށް ވުމަށް ޓަކައި މިއަދުގެ ޒުވާނުން މަސައްކަތް ކުރަންވީ ގޮތުން ހަތަރު ގޮތެއް އިބުނު ޢައްބާސްގެ ދިރިއުޅުއްވުމަށް ވިސްނައިގެން ލިޔޭ!
أ ގިނަގިނައިން ސުވާލުކުރުން (ކަމެއް އޮޅުންފިލަންދެން ސުވާލުކުރުން) ب ލިބޭ ޖަވާބުތައް ހަނދާން ބަހައްޓައިގެން ވިސްނުން ت ޢިލްމު އުނގެނުމަށް ކެތްތެރިވުން ث އެ ޢިލްމުގެ އަހުލުވެރިންގެ އަރިހުން ޢިލްމު ހޯދުން/ ޢިލްމުވެރިންނާ އެކު ގިނަވަގުތު ހޭދަކުރުން ج ޢިލްމުވެރިންނަށް އިޙުތިރާމް ކުރުން ح ޢިލްމު ހޯދުމަށް ދަތުރު ކުރުން خ ޢިލްމު ހޯދުމަށް އެދި ދުޢާކުރުން د ކަނުލައި އަޑު އެހުން ذ ޢިލްމީ ފޮތްތައް ކިޔުން |
||||||||||||
|
(32) |
ސުނާމީގެ ސަބަބުން މި ދުވަސްވަރު ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ޓަކައި ޢުޘްމާނުގެފާނުންގެ ޢަމަލުފުޅުގެ ޢަލީގައި ކުރެވިދާނެ މުހިންމު ދެ ކަމެއް ބަޔާންކުރޭ!
أ ފެން ލިބޭ ގޮތް ހަދައިދިނުން، ކާތަކެތި ލިބޭގޮތް ހަދައިދިނުން/ ކާބޯތަކެތި ދިނުން ب މުދަލުން އެހީވުން ت ދަރަނި އަދާކުރުމަށް އެހީވުން ث ހިޔާވަހިކަން ހޯދައިދިނުން ج އުނުއޮރިޔާން ނިވާކުރުން ح ބޭސްފަރުވާ |
||||||||||||
|
(33) |
ކީރިތި ރަސޫލާ صَلَى اللَّهُ عَلَيهِ وَسلَّمَ ޙައްޖަތުލް ވަދާޢު ގައި ދެއްވި ޚުޠުބާ އިން މީހެއްގެ ދިރިއުޅުން ބިނާކުރުމަށް ޓަކައި ނެގިދާނެ ދެ އިރުޝާދެއް ބަޔާން ކުރޭ!
أ ދިރިއުޅުމުގައި ރިބާގެ މުޢާމަލަތާ ދުރުހެލިވުން ب ދެމަފިރިންގެ ޙައްޤުތައް ދެނެގަތުން ت އަމާނާތްތެރި ދިރިއުޅުމެއް އުޅުން ث ދެކޮޅުވެރިކަމާއި އަރައިރުންވުން ފަދަ ކަންކަމުން ދުރުހެލިވުން ج މީސްތަކުންގެ މުދަލާއި ފުރާނަ އަކީ ޙުރުމަތްތެރި ވެގެންވާ ތަކެތި ކަން ح ޤުރުއާނާއި ސުންނަތުގައި ހިފެހެއްޓުން خ އިންސާނުންގެ ހަމަހަމަކަން د ނަސްލީ ތަފާތު ނައްތާލުން ذ ތަޤުވާވެރިވުން ر ފާޙިޝް ޢަމަލުތަކުން ދުރުހެލިވުން ز އަނބިންނަށް ހެޔޮކޮށް ހިތުން |
||||||||||||
|
(34) |
ޙަމްޒަތުގެފާނު ޝަހީދުވެވަޑައިގެން ހަނގުރާމައިގެ ނަމަކީ ކޮބާ؟ އަދި އެ ހަނގުރާމައިގައި ފަރުބަދަމަތީގައި ތިއްބެވި ރުމާތުން ފައިބާ ވަޑައިގަތުމުން މުސްލިމުންނަށް އަލުން ހަމަލާދިނުމަށް ޤުރައިޝުންގެ ބަޔަކާއިގެން އެނބުރި އައީ ކާކު؟
އުޙުދު ހަނގުރާމަ އެ ބޭކަލަކީ ޚާލިދު ބިން ވަލީދު/ ސައިފު ﷲ |
||||||||||||
|
(35) |
އިސްލާމީ ތާރީޚު ދެކޭ ގޮތުގައި އަންހެނުންގެ ދުނިޔޭގައި އެންމެ އަގުހުރި ޢިލްމުވެރިއަކީ ޢާއިޝަތުގެފާނެވެ. ޙަދީޘް ޢިލްމު ގައި އެކަމަނާގެ ޢިލްމުވެރިކަން ހާމަކޮށްދޭ ދެ ނުކުތާއެއް ލިޔޭ!
أ އަބޫ މޫސަލް އަޝްޢަރީ ވިދާޅުވާ ގޮތުގައި ރަސޫލު ﷲ صَلَى اللَّهُ عَلَيهِ وَسلَّمَ ގެ އަޞްޙާބުން ޙާދީޘަކާ މެދު މައްސަލައެއް ޖެހިއްޖެ ނަމަ ވަޑައިގަންނަވަނީ ޢާއިޝަތުގެފާނު އަރިހަށެވެ. ب އެ ކަމަނާގެ އަރިއަހުން 2210/1010 ޙަދީޘް ދަންނަބޭކަލުން ރިވާކުރައްވާފައިވުން ت ޙަދީޘް ޢިލްމު އުނގަންނައިދެއްވުން/ ދީން އުނގަންނައިދެއްވުން ث ގޭތެރޭގެ ކަންތައްތަކާ ބެހޭ ގޮތުން އެ ކަމަނާ އާ ސުވާލު ދެންނެވުން ج އަންހެނުންގެ މައްސަލަތަކާއި ބެހޭ ގޮތުން އެ ކަމަނާ އާ ސުވާލު ދެންނެވުން |
||||||||||||
|
(36) |
ޤުރައިޝުވަންހަ އަށް ތާއީދުކުރާ މައްކާގެ އެހެނިހެން ޤަބީލާތައް ކީރިތި ރަސޫލާ صَلَى اللَّهُ عَلَيهِ وَسلَّمَ އަވަހާރަކޮށްލުމުގައި ބައިވެރިކުރުމަށް މައްކާގެ މުޝްރިކުން ނިންމީ ކީއް ވެ؟
أ ގިނަ ޤަބީލާތަކާ ދެކޮޅަށް ނުކުންނަން ހާޝިމް ވަންހަ އަށް އުނދަގޫ ވާނެތީ ب ދިޔަ ދޭން ފަސޭހަވާނެތީ ت ޤިޞާޞް ހިފުމަށް އުނދަގޫ ވާނެތީ |
||||||||||||
|
(37) |
އުޙުދު ހަނގުރާމައިގައި ކީރިތި ރަސޫލާ صَلَى اللَّهُ عَلَيهِ وَسلَّمَ ގެ އަމުރުފުޅާ ޚިލާފުވުމުގެ ސަބަބުން އިސްލާމީ އުއްމަތަށް ލިބުނު ނާކާމިޔާބީ އަކީ މިއަދުގެ މުސްލިމުން އެ ކަމުން ޢިބުރަތް ޙާޞިލުކުރަން ޖެހިފައިވާ ކަމެކެވެ. މި ހަނގުރާމަ އިން ޙާޞިލުކުރަން ޖެހޭ ދެ ޢިބުރަތެއް ލިޔޭ!
أ ވެރިންނަށް ކިޔަމަންވުމުގެ މުހިންމުކަން ب އުންމަތުގެ އެއްބައިވަންތަކަން ދެމެހެއްޓުން ت ޕްލޭނަކާ ޚިލާފުވެއްޖެ ނަމަ ނާކާމިޔާބާ ކައިރިވުން ގާތްކަން ث މާއްދިއްޔަތަށް ހެއްލިގެން ދިއުމުގެ ގެއްލުން ج މުޞީބާތްތަކާ ކެރިގެން ކުރިމަތިލުން ح ކެތްތެރިކަން خ ވެރި މީހާ ރައްކަތެރިކުރުން د ޝަހީދުންނަށް ދަރާފައިވާ ދަރަނީގެ ބޮޑުކަން ذ އެއް ވެރިއެއްގެ ދަށުގައި މަސައްކަތްކުރުމުގެ މުހިންމުކަން ر ރަސޫލާ صَلَى اللَّهُ عَلَيهِ وَسلَّمَ އިރުޝާދު ދެއްވުމުގައި ފަސްޖެހިވަޑައިނުގަންނަވާކަން/ ރަސޫލާ صَلَى اللَّهُ عَلَيهِ وَسلَّمَ ގެ ހިތްވަރުފުޅު ގަދަކަން ز މުނާފިޤުން ފާޅުވެ އެނގުން س ކޮންމެ ޙާލެއް ގައި ވެސް ދުޝްމަނުންގެ ރޭވުންތަކަށް ވިސްނައި ތިބުން ش ރަސޫލާ صَلَى اللَّهُ عَلَيهِ وَسلَّمَ ގެ ޤިޔަދަތުގެ މަތިވެރިކަން |
||||||||||||
|
(38) |
1187 ވަނަ އަހަރު ޞަލާޙުއްދީނުލް އައްޔޫބީ އާ ޞަލީބީންނާ ދެމެދު ގައި ހިނގި ހަނގުރާމަ އަކީ ކޮބާ؟
أ ޙިއްޠީނު ހަނގުރާމަ ب ޠަބަރިއްޔާ ފަތަޙަކުރެއްވުން ت ބައިސާން ފަތަޙަކުރެއްވުން ث އަސްޤަލާން ފަތަޙަކުރެއްވުން ج ނާބުލުސް ފަތަޙަކުރެއްވުން ح ޤުދުސް ފަތަޙަކުރެއްވުން خ ޢައްކާފަތަޙަ ކުރެއްވުން د ޣައްޒާ ފަތަޙަކުރެއްވުން |
||||||||||||
|
(39) |
ޢުޘްމާނުގެފާނުގެ ދީލަތިކަން ހާމަކޮށްދޭ އަދި އެކަމުގެ ސަބަބުން އިސްލާމީ މުޅި މުޖުތަމަޢަށް ފައިދާ ލިބުނު ކަންތައްތަކުގެ ތެރެއިން ދެ ކަމެއް ބަޔާންކުރޭ!
أ މުސްލިމުން މަދީނާ އަށް ހިޖުރަކުރެއްވުމަށް ފަހު ފެން ބޯނެ ވަޅެއް ނެތުމުން ޔަހޫދީން އަތުން ބޯ ފެން ވަޅެއް ބައްލަވައިގެން ހަދިޔާކުރެއްވުން ب ތަބޫކު ހަނގުރާމައިގެ އިސްލާމީ ލަޝްކަރުގެ ޚަރަދުގެ ތިން ބައި ކުޅަ އެއް ބައި ދެއްވުން ت ޢުޘްމާނުގެފާނުގެ ވިޔަފާރި ޤާފިލާއެއްގެ މުޅި މުދާ މަދީނާގެ އަހުލުވެރިންނަށް ޞަދަޤާތުގެ ގޮތުގައި ދެއްވުން ث ހަނގުރާމަތަކަށް އެހީވުން ج އަޅުން މިނިވަންކުރެއްވުން |
||||||||||||
|
(40) |
ޚާލިދުގެފާނުގެ މަތިވެރި ސިފަފުޅުތަކުގެ ތެރޭގައި ވެރީންނަށް ފުރިހަމަ އަށް ކިޔަމަންވެ ވަޑައިގަތުން ހިމެނެ އެވެ. އެ ކަލޭގެފާނުގެ ކިބައިން މި ސިފަފުޅު އެންމެ ފުރިހަމަ އަށް ފާޅުވީ ކޮން ހަގުރާމައެއް ގައި؟
ޔަރުމޫކު ހަނގުރާމައިގައި (ނޯޓު: ނަން ނުގެނަޔަސް މިއީ ކޮން ހަނގުރާމައެއްކަން އެނގޭ ގޮތަށް ލިޔެފައިވާ ނަމަ، ޖަވާބު ރަނގަޅު) |
||||||||||||
|
(41) |
މައްކާ ފަތަޙަކުރެއްވުމަށް ޓަކައި އެއް ދިމާއަކުން މުޅި ލަޝްކަރައިގެން ވެދެވަޑައިގަތުމުގެ ބަދަލު ގައި މައްކާގެ ހަތަރު ފަރާތަކުން އިސްލާމީ ލަޝްކަރު ހަތަރު ބަޔަކަށް ވަންނަ ގޮތަށް ހަމަޖެއްސެވީ ކޮން ކަމަކަށް ޓަކައި؟
أ މައްކާގެ ޙަރަމްފުޅުގެ ޙުރުމަތާއި ޤަދަރަށްޓަކައި ب ލޭ އޮހޮރުވުން ކުޑަކުރުމަށް ޓަކައި ގަދަ ހަނގުރާމައެއް ހިގިޔަ ނުދިނުމަށް ޓަކައި ت ފަސްޖެހުން ث މުޝްރިކުންގެ ލަޝްކަރު ބައިބައި ކޮށްލުން |
||||||||||||
|
(42) |
ކީރިތި ރަސޫލާ صَلَى اللَّهُ عَلَيهِ وَسلَّمَ ސިއްރު ގައި ދީނަށް ގޮވައިލެއްވި މަރުޙަލާ ގައި ދީނަށް ގޮވައިލެއްވުމުގެ ސިއްރު މަރުކަޒަކީ ކޮބާ؟
އަރުޤަމްބިލް އަބުލް އަރުޤަމުގެ ގެ/ ދާރުލް އަރުޤަމް
|
||||||||||||
|
(43) |
ކީރިތި ރަސޫލާ صَلَى اللَّهُ عَلَيهِ وَسلَّمَ ގެ އަރިހުގައި އަބޫބަކުރުގެފާނުގެ މަޤާމު ހާމަކޮށްދޭ ދެ ކަމެއް ލިޔޭ!
أ ރަސޫލާ صَلَى اللَّهُ عَلَيهِ وَسلَّمَ ގެ އަރިހުގައި މަދީނާ އަށް ހިޖުރަ އަށް ވަޑައިގެންނެވުން ب ޘައުރު ފަރުބަދައިގެ ހޮހަޅާގައި ރަސޫލާ އާ އެކު ވެވަޑައިގަތުން ت ރަސޫލާ صَلَى اللَّهُ عَلَيهِ وَسلَّمَ ގެ އާލަސްކަންފުޅު ގައި މުސްލިމުންނައިގެން އިމާމުވެ ނަމާދު ކުރެއްވުން ޙަވާލުކުރެއްވުން ث ހިޖުރައިން 9 ވަނަ އަހަރު އަމީރުލް ޙައްޖުގެ ގޮތުގައި އަބޫބަކުރުގެފާނު ފޮނުއްވުން ج ޞިއްދީޤުގެ ލަޤަބު ދެއްވުން |
||||||||||||
|
(44) |
ޢުމަރުބުނު ޢަބުދުލްޢަޒީޒަށް "އަލްއަޝައްޖު" ގެ ލަޤަބު ދެވުނީ ކީއް ވެ؟
ޢުމަރުބުނު ޢަބުދުލްޢަޒީޒަށް "އަލްއަޝައްޖު" ގެ ލަޤަބު ދެވުނީ އެކަލޭގެފާނު ތުއްޕުޅުއިރު ގައި ސަވާރީއަކަށް އަރުއްވައިގެން އުޅެނިކޮށް ވެއްޓިވަޑައިގެން އިސްތަށިފުޅު ފެޅުމުގެ ސަބަބުންނެވެ. |
||||||||||||
|
(45) |
"ކީރިތި ރަސޫލާ صَلَى اللَّهُ عَلَيهِ وَسلَّمَ މައްކާ ފަތަޙަކުރެއްވުން ހިމެނުނީ އެ ރަށުގެ އަހުލުވެރިންނަށް، ރޫޙާނީ ގޮތުންނާއި، މާއްދީގޮތުން މިނިވަންކަން ލިބިދިނުން ކަމުގަ އެވެ." މި ޢިބާރާތުން ދޭހަވާ މާނަ އަކީ ކޮބާ؟
أ އޯގާތެރިކަން ލިބުން ب އިސްލާމީ ވެރިކަން ފެތުރުން |
||||||||||||
|
(46) |
"ޢުމަރުގެފާނު އިސްލާމްވެ ވަޑައިގަތުން ހިމެނުނީ އިސްލާމްދީނަށާއި މުސްލިމުންނަށް ލިބުނު ވަރަށް މަތިވެރި ނަޞްރެއްކަމުގަ އެވެ." މި ފަދަ ނަޞްރަކަށް މިކަން ވީ ގޮތް ލިޔޭ!
أ ޢުމަރުގެފާނު އިސްލާމްވެ ވަޑައިގަތުމަށް ފަހު ފާޅު ގައި ގެފުޅަށް ގޮސް އަޅުކަން ކުރުމުގެ ހިތްވަރު މުސްލިމުންނަށް ލިބުމާއި ޢުމަރުގެފަނުގެ ސަބަބުން މުސްލިމުންގެ ނިކަމެތިންނަށް ލިބެމުންދިޔަ އަނިޔާތައް މަދުވުން ب ފާޅުގައި އަޅުކަން ކުރެވޭނެގޮތްވުން ت ޢަޒުމާއި ހިތްވަރު ލިބުން ث އަނިޔާތައް މަދުވުން ج ޢުމަރުގެފާނަކީ ބާރު ގަދަ އެހެން މީހުން ޖެހިލުންވާ މީހަކަށް ވާތީ |
||||||||||||
|
(47) |
ކީރިތި ރަސޫލާ صَلَى اللَّهُ عَلَيهِ وَسلَّمَ ސުވަރުގެ ވަޑައިގަތުމަށް ފަހު އަބޫބަކުރުގެފާނުގެ ޚަލީފާކަމުގެ ކުރީކޮޅު ޒަކާތް ދިނުމަށް އިންކާރުކުރި މީހުންނާ ދެކޮޅަށް އަބޫބަކުރުގެފާނު ހަނގުރާމަ ކުރެއްވި އެވެ. މިކަމުގެ މައްޗަށް ބިނާކޮށް މި ޒަމާނުގައި މި ގޮތަށް ކަންތައްކުރާ ބަޔަކާ ދެކޮޅަށް އަޅާނެ ފިޔަވަޅުތައް ބުނެދޭށެވެ.
أ ނަޞޭޙަތް ދިނުމަށް ފަހު/ ވާހަކަ ދެއްކުމަށް ފަހު އިންކާރުކޮށްފި ނަމަ އަދަބު ދީގެން ޒަކާތް ނެރުން ب ވިޔަފާރި ބަންދުކުރުން ت ވިޔަފާރި ކުރުމުގެ ހުއްދަ އަތުލުން ث ޖޫރިމަނާކުރުން ج ޤަތުލުކުރުން |
||||||||||||
|
(48) |
ކީރިތި ރަސޫލާ صَلَى اللَّهُ عَلَيهِ وَسلَّمَ ހިޖުރަ އަށް ވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ ބިނާ ކުރެއްވި މިސްކިތަކީ ކޮބާ؟
މަސްޖިދު ޤުބާ/ ޤުބާމިސްކިތް |
||||||||||||
|
(49) |
ކީރިތި ރަސޫލާ މަދީނާ އަށް ހިޖުރަ ކުރެއްވުމަށް ފަހު މުސްލިމުންނާއި އެ ނޫން މީހުންނާ ދެމެދު މުޢާހަދާ އެއް ކުރެއްވި އެވެ. އެ މުޢާހަދާ ގައި ހިމެނޭ ޝަރުޠުތަކުގެ ތެރެއިން ދެ ޝަރުޠު ލިޔޭ!
أ ދީނުގެ މިނިވަންކަން ކޮންމެ ބަޔަކަށް ވެސް ލިބިދިނުން ب އެންމެ އިސްވެރިޔަކީ ރަސޫލާ ت މަދީނާގެ ރައްޔިތުން މާއްދީ ގޮތުންނާއި އަޚުލާޤީ ގޮތުން އެހީތެރިވުން ث ޤުރައިޝުންނާ އެކު ވިޔަފާރި ނުކުރުން ج ފަސާދަކުރާ މީހުންނަށް އަދަބު ދީ ކިޔަމަންތެރިންގެ ޙައްޤުތައް ދިނުން ح އެބަޔަކުގެ ޚަރަދު އެބަޔަކު ބެލެހެއްޓުން خ މަދީނާ އަށް ޙަމަލާއެއް ދީފި ނަމަ އެންމެން އެކުވެރިވެގެން ރަށް ދިފާޢު ކުރުން د މަދީނާ ގައި ފިތުނަ ފަސާދަ ޙަރާމްވުން ذ އެބަޔެއްގެ ޙިމާޔަތުގައި ވާ ބަޔަކު ކުރާ ކުށުގެ ޒިންމާވާން ނުޖެހުން ر މާއްދީ ގޮތުންނާއި، އިޖުތިމާޢީ ގޮތުން އެއްބައިވަންތަކަމާއި އެހީތެރިކަން އޮތުން |
||||||||||||
|
(50) |
ޒަމާނީ އިސްތިޢުމާރަކީ ހިޖުރަކުރުމާއި ވަޒަންވެރިވުން މަތީ ބިނާވެފައިވާ އެއްޗެއް ނޫނޭ ބުނެވޭ ބަހުގެ މާނަ އަކީ ކޮބާ؟ ޒަމާނީ އިސްތިޢުމާރުގެ އުކުޅުތައް ބޭނުން ކުރެވެނީ ވިޔަފާރި އާއި އަސްކަރީ ގުޅުންތަކުގެ ތެރެއިން ޤައުމުތައް އަޅުވެތިކުރުމަށް ކަމުގައި ވުން |
||||||||||||
|
(51) |
އިސްލާމުން ހަނގުރާމަ ކުރުމުގައި ބޭނުންކުރި ހަރުދަނާ އުޞޫލުތަކަކީ ޓެރަރިޒަމާ މުޅިން އިދިކޮޅު އުޞޫލުތަކެއްކަން ހާމަކޮށްދޭ މިސާލެއް ލިޔޭ!
أ ޙުނައިނު ހަނގުރާމައިގައި މަރުވެފައިވާ އަންހެނަކު ފެނުމުން ކީރިތި ރަސޫލާ صَلَى اللَّهُ عَلَيهِ وَسلَّمَ އެކަން މަނާކުރެއްވުން ب މައްކާ ފަތަޙަކުރެއްވުމުގައި ކުށެއްނެތް އެތައް ބަޔަކު ދޫކޮށްލެއްވުން ت ނަޢަމް ސޫފި ނުމެރުން ث އަންހެނުންނާއި މުސްކުޅިންނާއި ކުޑަކުދިން ނުމެރުން ج ތަންތަން އަންދާ ނުހެދުން ح ރުއްގަސް ނުކެނޑުން خ މީހުންގެ އަތްފައި ކަނޑައި، ލޯކޮނެ، ބަނޑުފަޅާ ނުހެދުން د މުދާ ނުފޭރުން ذ ގެދޮރު ތަޅާ ސުންނާފަތި ނުކުރުން |
||||||||||||
|
(52) |
މައްކާގެ މުޝްރިކުން ޝިއުބު އަބީޠާލިބު ގައި މުސްލިމުން ބަންދުކުރި ސަބަބަކީ ކޮބައި ހެއްޔެވެ؟ އަދި މުސްލިމުންނަށް މި ތަނުން ސަލާމަތްވެވުނީ ކޮންބަ އެއްގެ މަސައްކަތަކުން؟
މުސްލިމުން ޝިއުބު އަބީޠާލިބު ގައި ބަންދުވެގެން ތިބެން ޖެހުނީ މުސްލިމުން ތިބި ދީނުން ބޭރުކުރުމަށް އެ މީހުން ކުރި މަސައްކަތް ނާކާމިޔާބުވުމުން ޤުރައިޝުން މުސްލިމުންނާ ހުރިހާ ބާވަތެއްގެ ގުޅުންތަކެއް ކަނޑާލުމުންނެވެ.
އަބޫޠާލިބުގެފާނު މައްކާގެ މުޝްރިކުން އެދުނުގޮތަށް ރަސޫލާ صَلَى اللَّهُ عَلَيهِ وَسلَّمَ ދޫކޮށްދިނުމަށް އެއްބަސްނުވުން އިސްލާމްދީން ފެތުރެމުންދާތީ ޤުރައިޝުންގެ ތެރެއިން މި ކަމާ އިދިކޮޅު ހެދި ބައެއްގެ ސަބަބުން(ހިޝާމު ބިން އަމްރުބުން ޙާރިޘް، ޒުހައިރު ބިން އުމައްޔަތު، މުޠުޢިމް ބިން ޢަދީ، ޒަމްޢަތު ބިން އަސްވަދު، އަބުލް ބަޙުތަރީ ބިން ހިޝާމު) |
||||||||||||
|
(53) |
ބަދުރު ހަނގުރާމަ އާއި ޚަންދަޤު ހަނގުރާމަ ފަދަ ބައެއް ހަނގުރާމަތަކުގައި މުސްލިމުން ކީރިތި ރަސޫލާ صَلَى اللَّهُ عَلَيهِ وَسلَّمَ އަށް އެރުވި ތަފާތު މަޝްވަރާ ޤަބޫލުފުޅު ކުރައްވާ އެ ހަނގުރާމަތަކުގައި އެއާ އެއްގޮތަށް ޢަމަލުފުޅު ކުރެއްވި އެވެ. މި ކަމުން ދޭހަ ވަނީ ކޮން ކަމެއް؟
أ ލަފާ އާއި މަޝްވަރާ ޤަބޫލު ކުރެއްވުމަކީ އިސްލާމް ދީނުގައި ބާރު އަޅުއްވާ ކަމެއްކަން ب ޙިކުމަތްތެރިކަމަކީ މުސްލިމުން ކުރަންޖެހޭ ކަމެއްކަން ت ރަސޫލާ صَلَى اللَّهُ عَلَيهِ وَسلَّمَ ގެ ތަވާޟުޢުވެރިކަން ث މަޝްވަރާގެ މުހިންމުކަން ج ހަނގުރާމައިގެ ހުނަރާއި އުކުޅުތައް ބޭނުންކުރެއްވުމުގެ ބޭނުންތެރިކަން |
||||||||||||
|
(54) |
އިސްލާމީ ތާރީޚަށް ބަލާއިރު މުޝްރިކުންގެ ފަރާތުން ކީރިތި ރަސޫލާ صَلَى اللَّهُ عَلَيهِ وَسلَّمَ އާއި މުސްލިމުންނަށް ކުރިމަތިވި އުނދަގޫތަކަށް ވަރަށް ބޮޑަށް ކެތްތެރިވެ ވަޑައިގެންފައި ވެ އެވެ. ގިނަގުނަ އަނިޔާތައް ލިބެމުން ދިޔައިރު ވެސް މުސްލިމުން ބާރުގެ ބޭނުން ކޮށްފައެއް ނުވެ އެވެ. މުސްލިމުންގެ މައްޗަށް ޖިހާދު ފަރުޟު ކުރެއްވުމަށް ފަހުގައި ވެސް ޢަމަލުކޮށްފައި ވަނީ ވަރަށް ޙިކުމަތްތެރި ގޮތަކަށެވެ. އިސްލާމީ ތާރީޚުން ލިބިފައިވާ އިސްވެދިޔަ ޢިބުރަތްތަކުގެ އަލީގައި މުސްލިމުންގެ މަދު މީސްކޮޅެއް ދިރިއުޅެ ކާފަރު ޤައުމެއް ގައި ކާފަރުންގެ ފަރާތުން މުސްލިމުންނަށް އުނދަގޫތަކާ ކުރިމަތިވާ ނަމަ ޢަމަލުކުރަން ޖެހޭނެ ޙިކުމަތްތެރި ގޮތަކީ ކޮބައިކަން ބަޔާންކުރޭ!
أ ކެތްތެރިކަމާ އެކު ﷲ ގެ ރަޙުމަތްފުޅުން ވާތްގަށް އެދި ވިސްނުންތެރިކަމާއި އެކު ކާފަރުންގެ ކިބައިން ސަލާމަތްވުމަށް ރޭވުންތަކެއް ރޭވުން ب ދިފާޢީ ގޮތުން ނުވަތަ ސިޔާސީ ގޮތުން އާރާއި ބާރު ލިބެންދެން ކެތްކޮށް ކުރެވެން އޮތް މަސައްކަތެއް ކުރަމުންގެންދިއުން |
||||||||||||
|
(55) |
ދުއިސައްތަ ވަރަކަށް އަހަރުގެ ދިގު މުއްދަތުގެ ތެރޭގައި ކޮށްފައިވާ ޞަލީބީ ހަނގުރާމައިގެ ކުރީކޮޅު ކާމިޔާބު ކޮށްފައިވަނީ ޞަލީބީންނެވެ. 1099 އިން ފެށިގެން 1291 އަށް މުސްލިމުން ކުރި ހިތްވަރުން ޞަލީބީންގެ އަތްދަށުން މުސްލިމުންނަށް މިންޖުވެވުނެވެ. ވީމާ މި ހަނގުރާމައިގެ ކުރީކޮޅު ޞަލިބީންނަށް އަދި ފަހުކޮޅު މުސްލިމުންނަށް ކާމިޔާބުވީ ކީއްވެ؟
ކުރީކޮޅު ޞަލީބީންނަށް ކާމިޔާބުވީ އެ ދުވަސްވަރު މުސްލިމުން ބައިބައިވެފައި ތިބުމުގެ ސަބަބުން/ މުސްލިމު ދައުލަތުގެ މެދުގައި އެއްބައިވަންތަކަން ނެތުން ފަހުކޮޅު މުސްލިމުންނަށް ކާމިޔާބުވީ މުސްލިމުން އެއްބައިވަންތަވެ އެކަތިގަނޑަކަށް ވެގެން ޞަލާޙުއްދީނުލް އައްޔޫބީގެ ރޭއްވެވުންތެރިކަމާއި ޙިކުމަތްތެރިކަމުގެ ސަބަބުން |
||||||||||||
|
(56) |
ޢުމަރު ބުނުލް ޚައްޠާބުގެ ޚަލީފާކަމުގައި ކުރައްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ ތެރެއިން 2 ކަމެއް ލިޔޭ!
أ ފަނޑިޔާރުން އިސްކުރެއްވުން (ޤާޟީން ޢައްޔަންކުރެއްވުން) ب ފަލަސްޠީނު/ ޤުދުސް ފަތަޙަކުރެއްވުން ت އިސްލާމީ ޝުރާއާ އެއްގޮތަށް ވެރިކަން ހިންގެވުން ث ސިފައިން އިސްކުރެއްވުން ج ގިނަ ރަށްތައް ފަތަޙަކުރެއްވުން |
||||||||||||
|
(57) |
ޙުނައިނު ހަނގުރާމައިގައި ކާފަރުންގެ ލަޝްކަރުގައި ކުޑަކުދިންނާ އަންހެނުންނާ އަދި ގިނަ ޢަދަދެއްގެ މުދާ ހިމަނައިގެން މުސްލިމުންނާ އިދިކޮޅަށް ނުކުތްސަބަބަކީ ކޮބާ؟ ޖ. އެތަކެތި ދިފާޢު ކުރުމުގެ ޖަޒުބާގައި ދެރަވެ ފިލަން ނުދުވެ ހަނގުރާމައިގާ ދެމި ތިބުމަށް ބާރުއެޅުން - އެމީހުން ބަލިނުވާނެކަން ހާމަކުރުން - އެމީހުންގެ ބައި ގިނަކަމާ ވަރުގަދަކަން ދެއްކުން |
||||||||||||
|
(58) |
ބައެއް އިސްލާމީ ޤައުމުތަކުން ލެޓިން އަކުރުގެ ބޭނުން ކުރަން ފެށީ އިސްތިޢުމާރީ އަޅުވެތިކުރުމެއްގެ ތެރެއިން ކަމުގައި ވާ ނަމަ މި ފަދަ މިޘާލެއް ބަޔާންކުރޭ! أ ތުރުކީ ب އިންޑޮނޭސިޔާ |
||||||||||||
|
(59) |
ޞަލީބީ ހަނގުރާމަތަކާ ގުޅިގެން ޙިއްޠީނު ހަނގުރާމައިގައި މުސްލިމުންނަށް ލިބުނު ބޮޑު ކާމިޔާބީ އެބައިމީހުންނަށް ޙާޞިލުވި ގޮތާ މެދު ފުންކޮށް ވިސްނުމަށް ފަހު އެ ފަދަ ކާމިޔާބީއެއް ޙާޞިލުކުރުމަށް ޓަކައި އަދުގެ މުސްލިމުން އަޅަންޖެހޭ މުހިންމު ދެ ފިޔަވަޅެއް ލިޔޭ!
أ ރަނގަޅު ވެރިޔަކު އިސްކުރުން ب އެންމެން އެކަތިގަނޑަކަށްވުން/ އެކުވެރިކަން އޮތުން ت ވެރިންނަށް ކިޔަމަންތެރިވުން |
||||||||||||
|
(60) |
ކިރިތި ރަސޫލާ މައްކާ ފަތަޙަކުރެއްވި ދުވަހު އައިސްފައިވާ ލަޝްކަރު ފެނިވަޑައި ގަތުމަށްފަހު އަބޫސުފިޔާނަށް ދެއްވި ޝަރަފަކީ ކޮބާ؟ أ މައްކާގެ މީސްތަކުންނަށް ރަސޫލާގެ ފަރާތުން އަންގާ ކަންތައްތައް އެންގެވުން އަބޫ ސުފިޔާނާ ރަސޫލާ صَلَى اللَّهُ عَلَيهِ وَسلَّمَ ޙަވާލުކުރެއްވުން ب އަބޫސުފިޔާނުގެ ގެ އަށް ވަދެއްޖެ މީހަކަށް އަމާންކަން ލިބިގެންވާކަން އެންގެވުމަށް މައްކާ ގައި އިޢުލާންކުރުން |
||||||||||||
|
(61) |
ޤައުމެއް ބާރުގަދަވެ އަސްކަރީ ގޮތުން ހަރުދަނާވުމުގައި އެ ދައުލަތުގެ އެތެރޭގެ ހަމަޖެހުން ވަރަށް ބޮޑަށް ބޭނުންކަން ކީރިތި ރަސޫލާ ހިޖުރަ އަށް ވަޑައިގެން ބިނާކުރެއްވި އިސްލާމީ ދައުލަތުގެ ބިންގާ އެޅުއްވުމުގައި ޢަމަލީ ގޮތުން ދައްކުވާފައި ވެ އެވެ. އެ ކަމަކީ ކޮބާ؟
މަދީނާ ގައި އެއިރު ދިރިއުޅެމުން ދިޔަ ތަފާތު ދީންތަކާއި އެކިއެކި ޖަމާޢަތްތައް އެއްބައި ވަންތަކުރެއްވުމަށް އެ އެންމެން ބައިވެރިވާ ޞުލްޙައިގެ އެއްބަސްވުމެއް އެކަށައެޅުއްވުން |
||||||||||||
|
(62) |
ޙުދައިބިއްޔާގެ އެއްބަސްވުމުގައި މައްކާ ފަތަޙަވުމާ ސީދާ ގުޅިފައިވާ މާއްދާ އަކީ ކޮބާ؟
10 އަހަރަށް ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާ މާއްދާ އެވެ. ޢަރަބީންގެ ޖަމާޢަތްތަކުން ބޭނުން ޖަމާޢަތެއް ބޭނުން ބަޔަކާ (މުސްލިމުންނާ، މައްކާގެ މުޝްރިކުންނާ) ދެމެދު އެހީތެރިކަން ބޭއްވުމުގެ ފުރުޞަތު ލިބިދީފައިވުން |
||||||||||||
|
(63) |
ކީރިތި ރަސޫލާ صَلَى اللَّهُ عَلَيهِ وَسلَّمَ ގެ ޒަމާނުގައި އިސްލާމް ދީނުގެ ދިފާޢު ގައި ކުރެވިފައިވާ ހަނގުރާމަތަކުގެ ތެރޭގައި ބަދުރު ހަނގުރާމަ، އުހުދު ހަނގުރާމަ، އަދި ޚަންދަޤު ހަނގުރާމަ ހިމެނެ އެވެ. މި ހަނގުރާމަތައް ހިނގާފައިވާ ގޮތަށް ބަލާއިރު މި ޒަމާނުގައި އެފަދަ ކަމަކަށް ކުރިމަތިލާއިރު ކުރެވިދާނެ މުހިންމު ދެ ކަމެއް ލިޔޭ!
أ ޤައުމުގެ އެތެރޭގެ ހަމަޖެހުން ވަރުގަދަކުރުން ب މި ޒަމާނުގެ ވަޞީލަތްތައް ފުރިހަމަ އަށް ބޭނުންކުރުން (ޓޭންކު، ޢަސްކަރީ ތަފާތު އާލަތްތައް ބޭނުންކުރުމުގެ ހުނަރުވެރިކަން ހޯދާ ލިބިގަތުން) ت މި ޒަމާނުގެ އާލާތްތައް ބޭނުންކޮށްގެން ދުޝްމަނުންގެ ޚަބަރުތައް ހޯދާ ދިފާޢީ ފިޔަވަޅު އެޅުން ث ދިފާޢުވުމުގެ ތަފާތު ގޮތްތައް ބޭނުންކުރުން |
||||||||||||
|
(64) |
ކީރިތި ރަސޫލާ صَلَى اللَّهُ عَلَيهِ وَسلَّمَ ގެ ޒަމާނުގައި މުސްލިމުން ޝިއުބު އަބީޠާލިބުގައި ބަންދުވެގެން ތިބެން ޖެހުމުގެ ސަބަބަކީ ކޮބާ؟ އަދި އެ ތަނުގައި ތިބި ދުވަސްވަރު މުސްލިމުންގެ ޙާލަތު ދަށަށް ދިޔައީ ކީއް ވެގެން؟
މުސްލިމުން ޝިއުބު އަބީޠާލިބު ގައި ބަންދުވެގެން ތިބެން ޖެހުނީ މުސްލިމުން ތިބި ދީނުން ބޭރުކުރުމަށް އެ މީހުން ކުރި މަސައްކަތް ނާކާމިޔާބުވުމުން ޤުރައިޝުން މުސްލިމުންނާ ހުރިހާ ބާވަތެއްގެ ގުޅުންތަކެއް ކަނޑަލުމުންނެވެ. އަދި އެ ތަނުގައި ތިބި ދުވަސްވަރު މުސްލިމުންގެ ޙާލަތު ދަށަށް ދިޔައީ ކާބޯ ތަކެތި ލިބުމަށް ވެސް ހުރަސް އެޅުމުގެ ސަބަބުންނެވެ. ޞިއްޙަތަށް ގެއްލުން ހުރި ތަކެތި ކާންޖެހުމުގެ ސަބަބުންނެވެ. |
||||||||||||
|
(65) |
އިސްލާމް ދީނުގެ ކުރީކޮޅު ގައި މުސްލިމުން ކުރެ ބަޔަކު ޙަބުޝްކަރަ އަށް ހިޖުރަކުރެއްވި ހިޖުރަކުރެއްވުމަކީ ޢާންމުކޮށް އެ ދުވަސްވަރުގެ މުސްލިމުންނަށް ކުރި ފައިދާއެކެވެ. އެއީ ކޮން ގޮތަކުން؟
އެ މީހުންނަށް ހަމަޖެހިގެން އެ މީހުންގެ ދީނުގައި ތިބެ ދިރިއުޅުމުގެ ފުރުޞަތު ލިބުމެވެ. އަމާންކަން ލިބިގެންވާ ސަރަޙައްދަކަށް އެ ރަށް ވާތީ އެވެ. އެ ތަނުގައި ސަމާވީ ދީނެއްގެ ބަޔަކު ދިރިއުޅުމެވެ. ހެޔޮ ލަފާ ޢަދުލުވެރި ވެރިޔަކު އެ ރަށުގައި ހުރުމުންނެވެ. |
||||||||||||
|
(66) |
ހިޖުރައިން 6 ވަނަ އަހަރާ ހަމަ އަށް ދިޔައިރު ޢަރަބި ކަރައިގެ ހަމައެކަނި ބާރަކީ މުޝްރިކުން ނޫންކަން ޚުދު އެ މީހުންނަށް ވަނީ ޤަބޫލުކުރެވިފަ އެވެ. ވީމާ އޭގެ ކުރިން ހިނގާ ދިޔަ ހަނގުރާމަތަކުގައި މުސްލިމުންނަށް ކާމިޔާބު ލިބުމުގެ އިތުރުން މުސްލިމުންނަކީ ވެސް ބާރެއްކަން ޤަބޫލުކުރުމަށް މުޝްރިކުންނަށް މަޖުބޫރުވީ ކޮންކަމެއް އެ މީހުންނަށް އިޙުސާސް ކުރެވިގެން ހެއްޔެވެ؟
أ ޙުދައިބިއްޔާ ގައި ވެވުނު އެއްބަސްވުމުގެ ސަބަބުން މުސްލިމުންނަކީ ވެސް (ސިޔާސީ ގޮތުން) ބާރެއް ކަމުގައި ޤަބޫލުކުރަން ޖެހުމެވެ. ب އާދަޔާ ޚިލާފު ބާރެއް އިސްލާމް ދީނަށް ލިބިގެންވާކަމުގައި އެ މީހުންނަށް އެނގޭ ފަދަ ގޮތްތައް މެދުވެރިވަމުން ދާތީ އެވެ. |
||||||||||||
|
(67) |
ޞަލާޙުއްދީނުލްއައްޔޫބީގެ ކުރިން ޞަލީބީ ހަނގުރާމަތަކުގައި އެކަށީގެންވާ ކާމިޔާބެއް މުސްލިމުންނަށް ލިބިފައި ނެތް ނަމަވެސް ޞަލާޙުއްދީނުލްއައްޔޫބީގެ ވެރިކަމުގައި މުސްލިމުންނަށް ވަރަށް ބޮޑު ކާމިޔާބެއް ލިބުނެވެ. އެ ބޮޑު ކާމިޔާބީގެ ސިއްރަކީ ކޮބާ؟
އެ ކަލޭގެފާނު އިސްލާމީ އުންމަތް އެކަތިގަނޑަކަށް ހެއްދެވުމާއި، އެކަލޭގެފާނުންގެ ރޭވުންތެރިކަމާއި މޮޅު އުކުޅުތަކުގެ ސަބަބުންނެވެ. |
||||||||||||
|
(68) |
ޢުމަރުބުން ޢަބުދުލްޢަޒީޒު 2 އަހަރާ 5 މަސްދުވަސް ވަންދެން ކުރެއްވި ވެރިކަމަކީ އެ ވެރިކަމުގައި ޢާންމުންނަށް އެންމެ ބޮޑަށް ތަނަވަސްކަން ލިބިގެންދިޔަ އެއްވެރިކަމެވެ. ވީމާ ޢާންމުންނަށް ތަނަވަސްކަން ހޯއްދަވައިދެއްވުމަށް ޓަކައި ޢުމަރުބުން ޢަބުދުލްޢަޒީޒު ކުރެއްވި މަސައްކަތްޕުޅު ފާހަގަ ކުރޭ!
ޢަދުލު އިންޞާފު ޤާއިމުކުރެއްވުމާއި، އަމަންއަމާންކަން ދެމެހެއްޓެވުމަށް ޓަކައި މަސައްކަތްކުރެއްވުން |
||||||||||||
|
(69) |
ހިޖުރައިން 2 ވަނަ އަހަރުން ފެށިގެން 9 ވަނަ އަހަރާ ޖެހެންދެން މުސްލިމުންނާ ކާފަރުންނާ ދެމެދު ގިނަ ހަނގުރާމަތަކެއް ހިނގާފައި ވެ އެވެ. އެ ހުރިހާ ހަނގުރާމައެއް ގައި މުސްލިމުންގެ 259 މީހުންނާ ކާފަރުންގެ 759 މީހުން ޖުމްލަ 1018 މީހުން މަރުވެފައި ވެ އެވެ. މި ޒަމާނުގެ ހަނގުރާމަތަކާ އަޅާ ބަލާއިރު ރަސޫލާގެ ޒަމާނުގައި ހިނގި ހަނގުރާމަތަކުގައި އެ ޢަދަދަށް މީހުން މަރުވެފައިވުމުން ދޭހަ ވަނީ ކޮން އެއްޗެއް؟
أ އިސްލާމް ދީނުގައި މީހުންގެ ފުރާނަ އަށް ރައްކާތެރިކަން ބަހައްޓާކަން ب ހަނގުރާމަކުރިޔަސް އަނިޔާވެރިނުވާކަން ت މީހުން މެރުމަކީ ހަނގުރާމައިގެ މަޤުޞަދެއް ނޫންކަން ث ހަނގުރާމަ އަކީ ޢަދާވާތްތެރިވުން ނޫންކަން
|
||||||||||||
|
(70) |
ކީރިތި ރަސޫލާ صَلَى اللَّهُ عَلَيهِ وَسلَّمَ ޙުނައިނު ހަނގުރާމަ އަށް ލަޝްކަރާއެކު ވަޑައިގެންނެވީ ދުޝްމަނުންގެ ތެރެ އަށް ޖާސޫސަކު ފޮނުއްވައި އެ މީހުންގެ މަޢުލޫމާތު ވަރަށް ރަނގަޅަށް ސާފުކުރެއްވުމަށް ފަހުގަ އެވެ. އެހެންނަމަވެސް މުސްލިމުންގެ ސަފުތައް ދިޔައީ ބައިބައި ވެގެންނެވެ. އޭގެ ސިއްރަކީ ކޮބާ؟ ނުވަތަ އެހެން ދިމާވާން ވީ ސަބަބަކީ ކޮބާ؟
أ މުސްލިމުންގެ ތެރެއިން ބައެއް ފަރާތްތަކަށް އެ މީހުންގެ ޢަދަދުގެ ގިނަކަމުން އެ ކަމުގެ މައްޗަށް ފަޚުރުވެރިވުން ب ތިމާމެން މޮޅުވާނެކަމުގައި ހީކޮށް ޣާފިލުވުން ت ދުޝްމަނުންގެ މަކަރުވެރި ރޭވުން |
